Last Updated: March 28, 18:00
Thursday, March 28, 2024
ކުޅިވަރު

ރެއާލް މެޑްރިޑްގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރެއާލް އިން ބުނީ އުމުރުން 73 އަހަރުގެ ޕެރޭޒް ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށެވެ.

ޕެރޭޒް ކޮވިޑަށް ޕޮޒިޓިވް ވިއިރު ދާދިފަހުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ސްޕެއިންގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު، އެގައުމުގައި މިހާރު އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ސްޕެއިން އިން މިހާތަނަށް 2.8 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 59،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.