Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

މިއަދު ޕޮޒިޓިވްވީ 137 މީހުން!

ރާއްޖެއިން އިތުރު 137 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 110 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި 7 ކޭހެއް ރިސޯޓުތަކުން ފެނިފައިވާއިރު ރަށްތަކުން 20 ކޭސް ފެނިފައިވެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16547 އަށް އަރާފައެވެ.

193 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިރު 54 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.