Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ފަތުރުވެރިކަން

ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެއް މައްޗަށް

ބޯޑަރު ހުޅުވި ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް: ފޮޓޯ / ވީއައިއޭ

މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެއް މައްޗަށް ޖެހިލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީންގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ 102،107 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 2،501 ގައެވެ. އަދި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި 9.8 ދުވަހު މަޑުކުރެއެވެ.

ޖެނުއަރީ މަހުގައި ރާއްޖެއަށް ވަނީ 92،103 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރިވަރަށް ވުރެއް 2،000 ފަތުރުވެރިން އިތުރު އަދަދެކެވެ. އެ މިނިސްޓްރީން ޖެނުއަރީ މަހަށް އަންދާޒާކޮށްފައިވަނީ 90،000 ފަތުރުވެރިން ޒިޔާރާތް ކުރާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް އަމާޒުހިފާފައި ވަނީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.