Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އެސްޓީއެލްގެ ބަހާއި ފެރީގެ ހިދްމަތް މެދުކަނޑާލައިފި

އައްޑޫ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން ސަދަން ޓްރާންސްޕޯޓު ލިންކު (އެސްޓީއެލް) އިން ދެމުން ދިޔަ އައްޑޫގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތައް ވަގުތީ ގޮތުން މެދުކަނޑާަލައިފިއެވެ.

އެސްޓީއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އައްޑޫ ސިޓީ އަވަށްތައް މޮނިޓަރިން ހާލަތަށް ގެނައުމާއި ގުޅިގެން އެކުންފުނިން ދެމުންދާ ބަސް އަދި ފެރީގެ ދަތުރުތައް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ހުއްޓާލާފައިވާ ކަމަށެވެ. އަދި ކުރިއަށް ދަތުރު ކުރެއްވުމަށް ޓިކެޓު ނަންގަވާފައިވާ ފަރާތްތަކަށް އަލުން ދަތުރު ފެށުމުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެސްޓީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ހިތަދޫން ދެ މީހަކު ފެނުނު އިރު ހުޅުމީދޫ ވަނީ މީގެ ކުރިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.