Last Updated: June 5, 22:30
Friday, June 5, 2026
ވިޔަފާރި

ބީއެމްއެލް ކާޑު ބޭނުންކޮށްގެން 25 ޕަސެންޓު ޑިސްކައުންޓު

Processed with VSCO with e2 preset

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 25 ޕަސެންޓު ޑިސްކައުންޓު ލިބޭ ޕްރޮގްރާމެއް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ މަރޗެންޓުންނާ ގުޅިގެން ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް %25 އާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ތައާރަފް ކުރެވުނު ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށްދަނީ ބީއެމްއެލް އޮފަރސް ޕޯޓަލްގައި ލިސްޓު ކުރެވިފައިވާ ފިހާރަތަކުން ކުރާ ވިޔަފާރިތަކުންނެވެ. މި ޕޯޓަލްގައި ލިސްޓު ކުރެވިފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި، ރެސްޓޯރަންޓް، ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަ ތަކުގެ އިތުރުން ގިނަ ފިހާރަތަކެއް ހިމެނެއެވެ.

ބީއެމްއެލް އޮފަރ ޕޯޓަލްއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް https://offers.merchants.bankofmaldives.com.mv/އިން ލިބޭނެއެވެ.