Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އޭއީއެޗް ފްލޫ ކްލިނިކް ކުރީގެ ހޮސްޕިޓަލަށް ބަދަލުކޮށްފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހިންގަމުން އައި އައްޑޫގެ ފްލޫ ކްލިނިކް ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގި އިމާރާތަށް ބަދަލުކޮށްފިއެވެ.

ފްލޫ ކްލިނިކްގެ ޚިދުމަތްތައް ކުރީގެ ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ އައްޑޫގައި ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނާތީ، ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރު ބޮޑުވުމާ ގުޅިގެންނެވެ.

ކޮވިޑްގެ އަލާމާތެއް ހުރި އެއްވެސް ފަރާތަކުން އޭއީއެޗް އަށް ނުދިއުމަށާއި އަދި އެޗްޕީއޭ ހޮޓްލައިން، 1676 އަށް ގުޅުއްވައި އެޗްޕީއޭ އަށް އެންގުމަށް ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ. ކޮވިޑް ކޭސްތައް އައްޑޫގެ ތިން އަވަށަކުން މިހާރު ފެނިފައިވާއިރު އޭއީއެޗްގެ އޯޕީޑީ ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.

ކޮންޓެކްޓް ޓްރޭސިން އެޗްޕީއޭއިން ހަދަމުން އަންނައިރު ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ބޭފުޅަކު ނަމަ ބޭރަށް ވަޑައިނުގަތުމަށާއި އެޗްޕީއޭ ނުވަތަ ތިރީގައި މިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ނަމްބަރުތަކަށް ގުޅުއްވައި އެންގެވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.