Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ފުވައްމުލަކުގައި ރެންޑަމް ސާމްޕަލް ނަގަނީ

ފުވައްމުލަކުގައި ކޮވިޑު-19 ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ފުވައްމުލަކުގައި ކޮވިޑް-19ގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށްޓަކައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު މެންދުރު 2:30 އިން ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި މާދަމާވެސް ސާމްޕަލް ނަގާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ފުވައްމުލަކުން ރެންޑަމް ސާމްޕަލް ނަގާއިރު އެރަށުގެ ހޯމް ކަރަންޓީނުގައި ތިބި 4 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.