Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޖަވާބު ނުލިބޭ ފަރާތްތަކުން އެންގުމަށް އެދިއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

"ހިޔާ" މަޝްރޫއުގެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައި ނުވާ ފަރާތްތަކުން، އެކަން އެންގުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން އެދެފިއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ގެޒެޓްކޮށްފައިވާ އިއުލާޏުގައި ބުނެފައިވަނީ، ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ހުށަހަޅުއްވާފައިވާ ހުރިހާ ޝަކުވާތަކެއް ދިރާސާކޮށްފައިވާ ކަމަށެވެ. އަދި، ހުރިހާ ޝަކުވާއެއްގެ ޖަވާބު ލިޔުމުން، ޝަކުވާ ހުށަހެޅި ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް އީމެއިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރނުވާކަން ކޮމިޓީގެ އިއިލާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ލިޔުމުން ޖަވާބު ލިބިފައިނުވާ ފަރާތްތަކުން، އެ ކަން އެންގެވުމަށް ކޮމިޓީން ވަނީ އެދިފައެވެ. އެގޮތުން އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު، 2021 ފެބްރުވަރީ 8 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް އެސް.އެމްއެސް. މެދުވެރިކޮށް އެންގުމަށް ފްލެޓް ކޮމިޓީންވަނީ އެދިފައެވެ.