Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޑރ. ޖަމީލް ވެކްސިން ޖައްސަވައިފި

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވެކްސިން ޖައްސަވައިފިއެވެ.

ޑރ. ޖަމީލް ވެކްސިން ޖައްސަވާފައި މިވަނީ އިންޑިއާއިން ރާއްޖެ ހަދިޔާ ކުރި "ކޮވިޝީލްޑު" ވެކްސިނާއި ދެކޮޅަށް ޕީޕީއެމްއިން އިސް ބޭފުޅުންތައް ތަފާތު ވާހަކަ ދައްކަވަމުން ދަނިކޮށެވެ.

ޑރ. ޖަމީލްގެ އިތުރުން މިދިޔަ އާދީއްތަ ދުވަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ކޮވިޑު ވެކްސިން ޖައްސަވާފައެވެ. މި ދެބޭފުޅުންނަކީ ޕީޕީއެމްގެ އެޑްވައިޒަރުންގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުންނެވެ.

ކޮވިޑު ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އިރު އެޗްޕީއޭއިން އަންނަނީ ހައި ރިސްކު ގިނަ ބަޔަކަށް ވެކްސިން ޖަހަމުންނެވެ.

ވެކްސިނާއި ގުޅޭގޮތުން މީގެ ކުރިން ޕީޕީއެމްގެ އިސްވެރިން ދައްކަވާފައިވާ ވާހަކަ ތަކާއި ގުޅިގެން ބައެއް އާއްމު ރައްޔިތުންގެ މެދުގައި ވެކްސިނާއި މެދު ޝައްކު އުފެދިފައިވާ އިރު މިފަދަ ކަންކަން ނުކުރުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ވެކްސިން ސިޔާސީ ނުކުރުމަށް ސިއްހީ މާހިރު ދަނީ އިރުޝާދު ދެމުންނެވެ.