Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ސޯބެ، ރިޔާޒް، ޝިފާން މާދަމާ 241 ކޮމިޓީ އަށް

އައްޑޫގައި ތިބޭ ފުލުހުންނާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ފޮނުވާފައިވާ މައްސަލައެއްގައި މާދަމާ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ އިތުރުން ފުލުހުންދެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

އެ ކޮމިޓީ އަށް އެ ބޭފުޅުން ހާޒިރުވެ ވަޑައިގަންނަވަން ޖެހެނީ މާދަމާ ހެނދުނު 11:00 ގައި ބާއްވާ ބާއްވާ ބައްދަލުވުމަށެވެ.