Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

މަރަދޫ އެފްއެމް ޓްރޭޑް ގުދަނުގައި ރޯވެއްޖެ!

އެފްއެމް ޓްރޭޑްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔަރު މީހުން ހަރަކާތްތެރިވަނީ. ފޮޓޯ: އައްޑޫލައިވް

މަރަދޫ ބޮޑު މަގުގެ، ވެންބޮޅަފިށި ބޯޅަ ދަނޑު ކައިރީގައި ހުންނަ އެފްއެމް ޓްރޭޑްގެ ގުދަނުގައި މިއަދު މެންދުރު އަލިފާން ރޯވެއްޖެއެވެ.

އެފްއެމް ޓްރޭޑް ފިހާރަ ސަރަހައްދުގައި ހުރި މީހަކު ބުނީ ރޯވެފައިވަނީ އެފްއެމް ޓްރޭޑްގެ ދެބުރިއަށް ނަގާފައިވާ ގުދަނުގެ މަތީބައިގައި ކަމަށެވެ.

އަލިފާން ރޯވުމާއި ގުޅިގެން ގުދަނުގައި ތިބި ސާމާން އާއްމު ރައްޔިތުނާއި، ޕޮލިސް އަދި އެމްއެންޑީއެފް އަދި ހިތަދޫގައި އޮންނަ ސިވިލް ފަޔަ މީހުން ގޮސް ވަނީ ސަލާމަތްކޮށްފައެވެ. އަދި އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެތަނުން އަދިވެސް ގަދައަށް ދުން އަރަމުން ދެއެވެ. މިހާދިސާއި ގުޅުގެން ލިބުނު ގެއްލުމުގެ ތަފްސީލް އަދިވަނީ ލިބޭގޮތް ނުވެފައެވެ.