Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

މޯލްޑިވްސް ޕޯސްޓުން ޕޯސްޓަލް ބޭންކިން ސާވޭއެއް ފަށަނީ

މޯލްޑިވްސް ޕޯސްޓުން "ނެޝަނަލް ސަރވޭ އޮން ޕޯސްޓަލް ބެންކިންގ" ނަމުގައި ހާއްސަ ސާވޭއެއް ފަށަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޯސްޓުން ފޯރުކޮށް ދެމުން އަންނަ ފައިނޭންޝަލް ސަރވިސަސް ފުޅާކުރުމާއި ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ފެށި ސާވޭ އިއްޔެ ވަނީ އިފްތިތާހުކޮށްފައެވެ. މި ސާވޭ އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިޔުއެސްސީ ޗެއާމަން އަހުމަދު މައުސޫމެވެ.

ޕޯސްޓަލް ބޭންކިން ސާވޭ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 އަށް އާއި ހަމައަށެވެ.

ސާވޭ ފޯމް ލިންކު:

https://forms.gle/iMHbz3YrJcQdc67RA

މިސާވޭގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް މޯލްޑިވްސް ޕޯސްޓުން އެދިވަޑައިގަންނަވައެވެ.