Last Updated: May 18, 18:01
Sunday, May 18, 2025
ޚަބަރު

އައްޑޫގެ ހުރިހާ ރަށެއްގައި ހޮނިހިރު ދުވަހު ވެކްސިން ޖަހަން ފަށަނީ

އަންނަ ހޮނިހިރު ދުވަހު އައްޑޫގެ ހުރިހާ ރަށެއްގައި ވެކްސިން ޖެހުމަށް ނިންމައި ތައްޔާރީތައްވާން ފަށައިފިއެވެ.

އައްޑޫގައި ހޮނިހިރު ދުވަހު ވެކްސިން ދޭން ފަށާއިރު އެންމެ ފުރަތަމަ އިސްކަންދޭނީ ހައި ރިސްކު މީހުންނާއި، ދޮށީ އުމުރުގެ މީހުންނަށެވެ. ކޮވިޑު ވެކްސިން ރަށްރަށުގައި ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ސިއްހީ މަރުކަޒުގައެވެ. ކޮވިޑު ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް އައްޑޫގެ ހުރިހާ ސިއްހީ ހިދްމަތްތެރިންނަށް ވަނީ ވެކްސިން ޖަހާފައެވެ.

ކޮވިޑާއި ދެކޮޅަށް މިހާތަނަށް ރާއްޖެއިން 20،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.