އައްޑޫ ސިޓީ ކައުންސިލްގެ ފާއިތުވި ދެ އަހަރުގެ އަހަރީ ރިޕޯޓް މިއަދު އާއްމުކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނުގެ 109 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލް ތަކުން އެ ކައުންސިލެއްގެ އަހަރީ ރިޕޯޓް ތައް އާއްމު ކުރަން ޖެހެ އެވެ.
ނަމަވެސް އައްޑޫ ސިޓީ ކައުންސިލް އުފެދުނު ފަހުން މިހާތަނަށް އެއްވެސް ރިޕޯޓެއް އާއްމުކޮށްފައެއް ނުވެ އެވެ.
ކައުންސިލްގެ ވެބްސައިޓްގައި މިއަދު އާއްމު ކުރި ރިޕޯޓަކީ 2011 ވަނަ އަހަރުގެ ފުރަތަމަ 6 މަހު އައްޑޫސިޓީ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓާއި، 2011 ވަނަ އަހަރު އައްޑޫސިޓީ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓާއި، 2012 ވަނަ އަހަރުގެ ފުރަތަމަ 6 މަހު އައްޑޫސިޓީ ކައުންސިލުން ހިންގި ހަރަކަތްތަކުގެ ރިޕޯޓާއި، 2012 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓެވެ.
މި ރިޕޯޓްތައް ކައުންސިލްގެ ވެބްސައިޓް www.adducity.gov.mvބަލާލެވޭނެ އެވެ.
މިއަހަރު ޑިސެމްބަރު މަހު ކައުންސިލްގެ ދައުރު ހަމަވާއިރު ކައުންސިލުން ކުރި ކަން ކަމުގެ ރިޕޯޓް އާއްމު ނުކޮށްގެން އާއްމު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.