Last Updated: June 30, 20:43
Monday, June 30, 2025
ކުޅިވަރު

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ބަޔާން އަށް

މެކްސިކޯގެ ޓިގްރޭސްގެ މައްޗަށް 1-0 އިން ކުރި ހޯދައި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނުގެ ބަޔާން މިއުނިކުން ހޯދައިފިއެވެ.

ގަތަރުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބަޔާން އަށް މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް ބެންޖަމިން ޕަވާޑް އެވެ.

މިއީ އެއް ސީޒަނެއްގައި ބަޔާން އިން ކާމިޔާބުކުރި ހަވަނަ ތަށްޓެވެ. އެގޮތުން އެޓީމުން ވަނީ މީގެކުރިން ޖަރުމަނު ލީގާއި، ޖަރުމަނު ކަޕާއި، ޖަރުމަނު ސުޕަރ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

މީގެކުރިން އެއް ސީޒަނެއްގައި ހަ ތަށި ހޯދުމުގެ ރެކޯޑު އޮތޯ ބާސެލޯނާގެ އަތުގައެވެ. އެޓީމުން އެ ޝަރަފު ހޯދީ 2009 ވަނަ އަހަރުއެވެ.

ބަޔާން އިން މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަން ވެސް ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން ހަތް ޕޮއިންޓުގެ ލީޑަކާއެކު ބަޔާން މިވަގުތު ވެސް އޮތީ ޖަރުމަނު ލީގުގެ އެއްވަނައިގައެވެ.