Last Updated: May 5, 11:17
Sunday, May 5, 2024
ޚަބަރު އިލެކްޝަން ކޮމިޝަން

އެޗްޕީއޭގެ އެންގުންތަކަށް ޕާޓީތަކުންވެސް އަމަލުކުރަންޖެހޭނެ: ޝަރީފް

އީސީގެ ރައީސް އަހުމަދު ޝަރީފް-- ފޮޓޯ: ރާއްޖެއެމްވީ

ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުންވެސް އަމަލުކުރަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިފަދައިން ވިދާޅުވެ ޝަރީފް ކުރެއްވި ޓްވީޓުގައި ވަނީ، އިއްޔެ އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންނާ ކުރިމަތިލާ މަންޒަރު ފެންނަ ވީޑީއޯއެއްވެސް ހިއްސާކޮށްފައެވެ. އެ ވީޑީއޯއިން ފެނިގެންދަނީ މުޒާހަރާގައި ބައިވެރިވި އިދިކޮޅަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެކިފަހަރު މަތިން ފުލުހުންނާ ކުރިމަތިލާ މަންޒަރެވެ.

އެ ވީޑިއޯއާއި އެކު ޝަރީފް ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކުންވެސް އެޗްޕީއޭއިން އިއުލާނުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.

ވީޑިއޯ ކްލިޕުން ފެންނަ މެންޒަރުތަކަށް ނިސްބަތްކުރައްވާ ޝަރީފް ވިދާޅުވީ، އެ ކްލިޕުން ފެންނަ މަންޒަރުތަކަށް، މުޒާހަރާ އިންތިޒާމުކުރި ޕާޓީއަކުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ.