Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

"ވިކްޓްރީ ޝިޕްރެކް" އަދި ކާށިދޫ ޗަސްބިން ހިމާޔަތްކޮށްފި

މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް--

މޯލްޑިވްސް ވިކްޓްރީ ފެތިފައިވާ ސަރަހައްދާއި ކ. ކާށިދޫ ޗަސްބިން ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި އެންވާރަމެންޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، 13 ފެބްރުއަރީ 2021 އިން ފެށިގެން މޯލްޑިވްސް ވިކްޓްރީ ފެތިފައިވާ ސަރަހައްދާއި ކ. ކާށިދޫ ޗަސްބިން ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސާ އެކަން އިއުލާނުކުރާ ކަމަށެވެ.

ކާށިދޫ ޗަސްބިން ސަރަހައްދަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 2003 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ކަންޒުކަހަބު ދިރިއުޅޭ ސަރަހައްދެކެވެ. ރައީސް އޮފީހުން ބުނެފައިވަނީ، ކާށިދޫ ޗަސްބިން ހިމާޔަތްކުރުމުގެ ބޭނުމަކީ އެ ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ހާއްސަކޮށް ކަންޒުކަހަބު ހިމާޔަތްކުރުމުގެ މަގްސަދު ހާސިލުވާނީ އެ ތަކެތި ދިރިއުޅޭ މާހައުލު ހިމާޔަތްކޮށްގެންކަމުގައި ވާތީ ކަމަށެވެ.

ހުޅުލޭ ހުޅަނގު ދެކުނު ފަރާތަށް 1981 ވަނަ އަހަރު "މޯލްޑިވްސް ވިކްޓަރީ" އަޑިއަށްގޮސްފައިވާ ސަރަހައްދަކީ މިހާރު "އާޓިފިޝަލް" ފަރެއް ހެދިފައިވާ، މުރަކައާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ސަރަހައްދެކެވެ. އަދި އެއީ ރާއްޖޭގައި ޑައިވްކުރާ އެންމެ މަޝްހޫރު އެއް ޝިޕްރެކް