Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

"މިސަރުކާރަށް ކުރެވުނު ކަމަކީ ބޮޑެތި ކުށްވެރިން އަރާމުގައި ގޭގައި ބޭތިއްބުން"

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު - ފޮޓޯ: ޓްވިޓާ (ޑރ. ޖަމީލް)

މިސަރުކާރަށް ކުރެވުނު ކަމަކީ ބޮޑެތި ކުށްވެރިން އަރާމުގައި ގޭގައި ބޭތިއްބުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގި ވިދާޅުވެފައިވަނީ، މިސަރުކާރަށް ކުރެވޭ ކަމަކީ ދައުވާ އުފުލާމީހުން ފުރުވާލުން ކަމަށެވެ.

"ލިބެންޖެހޭ ޓެކްސް ގާތް ކުންފުނިތަކުން ނުދައްކާގޮތަށް ހެދުން. ކަމުނުދިޔަ ފްލެޓްތައް އާއިލާ/ގާތްމީހުންނަށް ބަހާލުން." ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

ޑރ. ޖަމީލް ސަރުކާރަށް ފާޑުވިދާޅުވެ ޓްވީޓްކުރެއްވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަށް އިއުތިރާފްވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހުންނެވީ ގޭ ބަންދުގައެވެ. އަދި ޖިންސީ ގޯނައިގެ ދައުވާ އުފުލާފައިވާ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ޕާސްޕޯޓް ދޫކޮށްލުމުން ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. އިދިކޮޅުން ތުހުމަތު ކުރާގޮތުގައި އަލީ ވަހީދު ފުރުވާލާފައިވަނީ ސަރުކާރުންނެވެ.