Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ގާސިމް މަޖްލިސްއަށް ވަޑައިނުގަންނަވާތާ އަހަރެއް، ހުންނެވީ ސަލާމުގައި!

photo: mihaaru news

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު އަދި ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ އަހަރު އެއްކޮށް ކަހަލަ ގޮތަކަށް މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތަކުގައި ބައިވެރިވަޑައިނުގަނެ ހުންނެވީ ސަލާމްގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މެމްބަރުން ސަލާމް ނަންގަވާ މިންވަރު އިތުރުވެފައިވާތީ އެކަމާއި މެދުގައި ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައެއް މެމްބަރުން ސަލާމްގައި ތިއްބަވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެންމެ ގިނައިން ސަލާމް ނެންގެވި މެމްބަރުންގެ ތެރޭގައި ގާސިމްގެ އިތުރުން، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ހިމެނޭ ކަމަށެވެ. އޭގެތެރެއިން، ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު ސަލާމްގައި ހުންނެވީ ކެންސަރު ބައްޔަށް ފަރުވާ ހޯދައްވަމުން ގެންދަވާތީއެވެ.

ހުސެއިން މުހައްމަދު ގެންދަވަނީ ދުބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް، މިދިޔަ އަހަރު އެކީހެން ހުންނެވީ ސަލާމުގައި ކަަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި އަހަރު މިހާތަނަށް ވެސް އެބޭފުޅާ ހުންނެވީ ސަލާމުގައި ކަަމަށެވެ.