Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު ޕޮލިސް

މާރާމާރީއެއް ހިންގައި ފެންފުށީ ކައުންސިލްގެ ނައިބު ޒަހަމްކޮށްލައިފި

މާރާމާރީއެއް ހިންގައި އދ. ފެންފުށީ ކައުންސިލްގެ ނައިބު ރައީސް މޫސާ އަލީ ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މާރާމާރީގައި ނައިބު ރައީސް މޫސާގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އޭނާއަށް ލިބިފައިވާ ގެއްލުމުގެ އިތުރު ތަފްސީލް ލިބޭ ގޮތެއް އަދި ނުވެއެވެ.

އެމައްސަލައާއި ގުޅިގެން މީޑިތާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފެންފުށީގައި މާރާމާރީއެއް ހިންގައިގެން އެކަމުގެ ރިޕޯޓް ރޭ 20:30 ގައި ކޮށްފައިވާ ކަމަށާއި، އެމައްސަލައާއި ގުޅިގެން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ދާދިފަހުން ރާއްޖޭގައި ވަނީ މާރާމާރީއެއް ހިންގައި ޒުވާނަކު މަރާވެސްލައިފައެވެ.