Last Updated: July 2, 04:10
Wednesday, July 1, 2026
ޚަބަރު

ޑިޖިޓަލް ކަނެކްޓިވިޓީ ވިޝަންގެ ދަށުން މާލެ ސަރަހައްދު ގުޅާލުމުގެ މަސައްކަތް ފަށައިފި

ގްރޭޓާ މާލެ ޑިޖިޓަލް ކަނެކްޓިވިޓީ ވިޝަންގެ ދަށޫން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މައުލޫމާތުދީފައިވާ ގޮތުގައި މި މަސައްކަތް ފަށާފައިވަނީ ބްރާސްފަތި ދުވަހުއެވެ. މި މަސައްކަތަކީ ސަރުކާރުގެ ކޮމްޕިއުޓާ ވިއުފަ އިތުރަށް ފުޅާކޯށް ހުޅުމާލެގެ އިތުރުން މުސްތަޤުބަލުގައި ގްރޭޓާ މާލެ އޭރިޔާގެ ވިލިނގިލި އަދި ގުޅިފަޅާއި ތިލަފުށި ގުޅުވާލަދޭ ބްރިޖް ޕްރޮޖެކްޓް ތެރެއިން ސަރުކާރުގެ ކޮމްޕިއުޓާ ވިއުފަ ފުޅާކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ވެސް ކޮމިއުނިކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިފަހަރު މި ޕްރޮޖެކްޓްގައި 8 ކިލޯމީޓަރުގެ ސަރަހައްދެއް ގުޅުވާލުމަށްޓަކައި، ފައިބަރ ކޭބަލް ނެޓްވޯކެއް އެން.ސީ.އައި.ޓީ އިން ހުޅުލެ އަދި ހުޅުމާލެއަށް އެޅުމައް ހަމަޖެހިފައިވެއެވެ. މިއީ 96 ކޯގެ ފުލް ރިޑަންޑަންސީ ހިމެނޭގޮތައް އެޅޭ ފައިބަރ ރިންގް ނެޓްވޯކްއެއް ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ނެޓްވޯކްގެ ސަބަބުން ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކާއި، އަދި އާންމު ވިޔަފާރިތަކަށްވެސް ނެޓްވޯކް ބޭނުންކުރުމަށް ހުޅުވާލެވޭނެ ކަމަށާއި، ސަރުކާރުން މުވާސަލާތައް ކުރާ ރިކަރަންޓް ޚަރަދު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް މައުލޫމާތުދީފައިވެއެވެ.

ބްރިޖް އަދި މަގުހެދުންފަދަ ޤައުމީ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފެންހިންދާ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު މުވާސަލާތީ ނެޓްވޯކްތަކަށް ބޭނުންވާ ޑަކްޓް ސިސްޓަމާއި ކޭބަލް މެނޭޖްމަންޓް ސިސްޓަމްތައް ޤާއިމްކުރުމަކީ ފަހުން މުއާސަލާތީ ޚިދުމަތް ފުޅާކުރުމުގައި ޚަރަދުކުޑަ އަދި ކޮށްފައިވާ އުމްރާނީ މަސައްކަތަކަށް ގެއްލުންކުޑަވާނެ ކަމެއްކަމުގައި ދެކޭ ކަމަށްވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.