ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެސްޓީއޯއިން ތެލުގެ އަގަށް ބަދލަުގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ.
ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 8.44 ރުފިޔާއަށް އަށް ކަމަށާއި އަދި ޑީސަލް ލިޓަރެއް ވިއްކާނީ 9.19 ރުފިޔާ އަށް ކަމަށެވެ.
އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނާތީ ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގުވެސް އުފުލިފައިވާކަމަށެވެ.