Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު ސިޔާސީ

މުއިއްޒު ވެސް ފްލެޓް ދިނީ އުސޫލަކަށް ބަލައިގެނެއް ނޫން: އަލްހާން

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް މިނިސްޓަރު ކަމުގައި ހުންނެވިއިރު ފްލެޓް ބެއްސެވީ ވަކި އުސޫލަކަށް ބަލައިގެން ނޫންކަމަށް މާލޭސިޓީ މޭޔަރު ކަމަށް ކުރިމަތި ލައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އޭނާގެ ވާދަވެރި ކެނޑިޑޭޓް މުއިއްޒުއަށް ފާޑު ވިދާޅުވި ކުރެއްވި ޓްވީޓެއް އަލްހާން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމުގައި މުއިއްޒުވެސް ވަކި ހަމައަކަށް އަދި އުސޫލަކަށް ބަލައިފައިނުވާ ކަމަށެވެ.

އޭގެ ބަދަލުގައި މުއިއްޒުއަށްވެސް "މުލިޔާގޭން އަންނަ ލިސްޓާ، މަޖްލިސް މެމްބަރުން ފޮނުވާ ލިސްޓާ، މިނިސްޓަރުން ފޮނުވާ ލިސްޓާ، މާލެގެ ބައެއް ގޭންގުތަކުން، މޭޒު ދަށުން ފޮނުވި ލިސްޓުތަކަށް" މާ ބޮޑަށް ބެލިފައޮތީ ކަމަށް އަލްހާން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަންފެށި ހިޔާ ފްލެޓްތައް މީހުންނަށް ބެހުމުގައި އެ ސަރުކާރުން އިންސާފުން ބޭރުން ކަންކޮށްފައިވާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަދި ފްލެޓް ހައްޤު މީހުން ފިޔަވާ ސިޔާސީ ގޮތުން ގާތް މީހުންނަށް ފްލެޓް ބަހާފައި ހުރި ކަމަށް ތުހުމަތުކުރެއެވެ. މިސަރުކާރުން އައިސް ކުރީ ސަރުކާރުން ނެރެފައިވާ ފްލެޓް ލިސްޓް އަލުން މުރާޖާ ކޮށް ދާއިމީ ލިސްޓް ނެރެފައިވާއިރު، އެ ލިސްޓަށްވެސް ގިނަ ބައެއްގެ ނުރުހުންވަނީ އަމާޒުވެފައެވެ.