Last Updated: July 3, 08:20
Friday, July 3, 2026
ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-:

މާލޭގެ ބައެއް ސަރަަހައްދު ތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މާލޭގެ ބައެއް ސަރައްހަދު ތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަމަށެވެ. މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ފެބްރުއަރީ 20 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވެސް މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެދުވަހު ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު ކަރަންޓް ދެވިފައިވަނީ، 07:44 ހާއިރުއެވެ.