Last Updated: June 13, 02:24
Friday, June 12, 2026
މުނިފޫހިފިލުވުން

"ކައިވެނި ކުރާކަށް ނޫޅެން"

ނަރުގިސް ފަހުރީ، އުދޭ ޗޯޕްޅާ އާ ކައިވެނި ކުރަން އުޅޭ ވާހަކަތައް ވަަރަށް ބޮޑަށް ފެތުރިފައި ވަނިކޮށް ނަރުގިސް އެކަން ދޮގުކޮށްފި އެވެ.

ފިލްމް "ރޮކް ސްޓާ" އިން ބޮލީވުޑަށް ތައާރަފްވި 33 އަހަރުގެ ނަރުގިސް ބުނީ ކައިރި މުސްތަގަބުލެއްގެ ތެރޭގައި އޭނާ ކައިވެނި ނުކުރާނެ ކަމަށެވެ. އަދި އުދޭ އާ އެކު އޮތް ކަމަށް ބުނާ ގުޅުމުގެ ވާހަކަ ވެސް އޭނާ ވަނީ ދޮގުކޮށްފަ އެވެ.

"އަހަރެން ކައިރި މުސްތަގުބަލެެއްގެ ތެރޭގައި ކައިވެނި ކުރަން ހިޔާލު ވެސް ކޮށްފައެއް ނެތް. އަހަރެން ސިންގަލް އަދި ވަރަށް އުފަލުން ހިތްހަމަޖެހިގެެން މިއުޅެނީ،" ނަރުގިސް އޭނާގެ ޓްވިޓާގައި ބުނެފައިވެ އެވެ. "މިވަގުތު އަހަރެން މިއުޅެނީ ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް. އަހަރެން ކައިވެނި ކުރަން އުޅޭ ވާހަކައަކީ ކާކު ފަތުރައިގެ އުޅޭ ވާހަކަތަކެއް؟"

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި މާޗް މަހު ނަރުގިސް އާއި އުދޭ ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ އާއިލާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ.

ނަރުގިސް މި ވަގުތު އުޅެނީ ޖޯން އަބްރަހަމް އެކު "މެޑްރާސް ކެފޭ" ގެ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ.