Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

އީސީގެ މެމްބަރު ކަމަށް ޑރ. ޒާހިރު އައްޔަނުކޮށްފި

ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ޑރ. މުހައްމަދު ޒާހިރު އައްޔަނު ކޮށްފިއެވެ.

ޑރ. ޒާހިރު މި މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ޑރ. ޒާހިރަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ.

ޑރ. ޒާހިރަކީ ބެންގކޮކްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (އެން.އައި.ޑީ.އޭ) އިން ޕީ.އެޗް.ޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިންނެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރަކީ، މީގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރއެއްގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.