Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓް ކެނޑިއްޖެ

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-:

މާލޭގެ ބައެއް ސަރަަހައްދު ތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާކަމަށެވެ.

އަދި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންކަމަށް ސްޓެލްކޯއިން މައުލޫމާތުދިފައިވެއެވެ.

އިއްޔަވެސް މާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ. މިއީ ޖެހިޖެހިގެން މާލެއިން ކަރަންޓް ކެނޑުނު ތިން ވަނަ ދުވަހެއެވެ.