Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ސްޓޭޑިއަމްގެ އީދު ނަމާދު ކެންސަލް

ނޫރުލް އިސްލާމްގެ ފަރާތުން މިދިޔަ ފިޠުރު އީދު ސްޓޭޑިއަމްގައި ކުރަނީ.

ހިތަދޫ ޒޯން ސްޓޭޑިއަމްގައި ބާއްވަން ނިންމި އަޟްހާއީދުގެ ބޯދު ޖަމާއަތް ވިއްސާރަވުމުގެ ސަބަބުން ކެންސަލް ކޮށްފިކަމަށް ނޫރުލް އިސްލާމުން ބުނެފި އެވެ.

ނޫރުލް އިސްލާމްގެ ރައީސް ޝެއިހް މުހައްމަދު އަނީލް ވިދާޅުވީ ހިތަދޫ ޒޯން ސްޓޭޑިއަމްގަިއ ބާއްވަން ނިންމި އީދު ނަމާދުގެ ބޮޑު ޖަމާއަތް ކެންސަލް ކުރީ ވިއްސާރަވުމުގެ ސަބަބުން އެތަނުގައި އީދު ނަމާދު މާދަމާ ނުކުރެވޭނެތީ އެވެ.

އަނީލް ވިދާޅުވީ މާދަމާ އީދު ނަމާދު ބާއްވަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެސް އެ ޖަމިއްޔާއިން ވެފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެދުވަހު ވެސް އައްޑު އަށް ވިއްސާރަ ކުރާނެކަމަށް މެޓު އޮފީހުން ބުނުމާ ގުޅިގެން އެކަން މުޅިން ކެންސަލް ކޮށްފައިވާ ކަމަށެވެ.

މާދަމާ ޒޯން ސްޓޭޑިއަމްގައި ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކުރުމަށް ނިންމުމާއި ގުޅިގެން ބައެއް މިސްކިތްތަކުގައި އިދު ނަމާދު ނުކުރުމަށް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ސްޓޭޑިއަމްގައި އީދު ނަމާދު ނުކުރާތީ އާއްމުކޮށް ހިތަދޫގައި އީދު ނަމާދު ކުރާ ހުރިހާ މިސްކިތެެއްގައި މާދަމާ އީދު ނަމާދު ކުރާނެ ކަމަށް އަނީލް ވިދާޅުވިއެވެ.

ނޫރުލް އިސްލާމް ޖަމިއްޔާއިން ވަނީ އަޟްހާ އީދު ނަމާދުގައި 6000 މީހުންގެ ޖަމާއަތަކަށް އީދު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކޮށްފައެވެ.