Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މީދޫން އިތުރު 6 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ސ. މީދޫން އިތުރު 6 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މީދޫން ޕޮޒިޓިވްވީ. މީހުންނަކީ މިމަހުގެ 20 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވީ މީހުންނެވެ.

ފުރަތަމަ މީދޫން ކޮވިޑަށް ޕޮޒިޓިވްވީ އެރަށުން ނެގި ރެންޑަމް ސާމްޕަލްއަކުން ޕޮޒިޓިވްވީ މީހެކެވެ. އެމީހާ ޕޮޒިޓިވްވި އިރު އެމީހާގެ ކުއްޖަކު ހުން އައިސްގެން ނެގި ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 19 މީހަކު ފާހަގަކުރެވިފައިވާކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ވަނީ ބުނެފައެެވެ.

މި މީހުން ޕޮޒިޓިބް ވުމާއި އެކު އައްޑޫގެ ކޮވިޑު އެކްޓިވް ކޭސް މިވަނީ 49 އިތުރުވެފައެވެ.