Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

އައްޑޫ ކަނު އަނދިރީގައި!

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދެމުން އަންނަ މަރުކަޒީ އިންޖީނުގޭގެ ޕެނަލް ބޯޑަކަށް މައްސަލަ ޖެހި ގުޅިފައިވާ 4 ރަށުން ކަރަންޓް ކެނޑިއްޖެ އެވެ.

މިރޭ 8:30 އިން ފެށިގެން ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެޑިފައިވާ އިރު ޕެނަލް ބޯޑަށް ދިމާވެގެން އުޅޭ މައްސަލަ އާއި ގުޅޭ ގޮތުން އިންޖީނުގޭގެ އިސް ފަރާތަކަށް ގުޅަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބްވަ ގޮތް ނުވެފައެވެ. އަ
ދި އަލުން ކަރަންޓް ލިބޭނެ ގަޑިއެއް އަދި ވަނީ އެނގޭ ގޮތް ނުވެފަ އެވެ.

ނަމަވެސް "އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ކެނޑިގެން އުޅެނީ މަރުކަޒީ އިންޖީނުގޭގެ ޕެނަލް ބޯޑުގެ ތެރެއަށް މީދަލެއް ވަދެގެންނެވެ.

އަޟްހާ އީދަށް ގިނަ ބަޔަކު ވިޔަފާރި ކުރުމަށް ނިކުމެފައިވަނިކޮށް ކުއްލި ގޮތަކަށް ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެޑުމާއި ގުޅިގެން އާއްމު ރައްޔިތުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.