Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

އަވަގުރާނަ ގޮވި މައްސަލައިގައި މޮސްޓާއަށް ނަސޭހަތްތެރިވާން ފާސްކޮށްފި

މެމްބަރު މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މެމްބަރުންނަށް ނިސްބަތްކޮށް އަވަގުރާނަ ގޮވި މައްސަލައިގައި ނޮޅީވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)އަށް ނަސޫހަތްތެރިވުމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީން ފާސްކޮށްފިއެވެ.

މެމްބަރު ނަޝީދުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުގައި އަވަގުރާނަ ގޮވި މައްސަލައިގައެވެ. އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.

މިއަދު ކުރިއަށްގެންދިޔަ އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ނަޝީދަށް ނަސޭހަތްތެރިވުމަށް ފާސްކޮށްފައިވާއިރު އެގޮތަށް ނަސޭހަތްތެރިވުމަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއިއެވެ.