Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ޕޮލިސްއަށް ހުށަހެޅި ބަލަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

އެގޮތުންގެ ތަހުގީގަށް ހާޒިރުވުމަށް އިއުލާނުކޮށްފައިވަނީ ބ. އޭދަފުށި/ ނާދީ، (37އ)، މަޢުރޫފް އަލީއެވެ.

ފުލުހުން ބުނެފައިވަނީ މިފަރާތް 2021 މާރިޗު 03 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް ހުޅުމާލެ ފުލުހަށް ހާޒިރުވުމަށް އެދޭކަމަށެވެ.