Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

މީދޫގައި ބޮޑު ޖަމާއަތެއްގައި އީދު ނަމާދުކޮށްފި

މިދޫ ބޯޅަ ދަނޑުގައި2013 ވަނަ އަހަރު ކުރެވުނު އަޟްހާ އީދު ނަމާދު. ފޮޓޯ: ކިއުންތެރިއެއް

މީދޫގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތެއްގައި އީދު ނަމާދުކޮށްފި އެވެ.

އީދު ނަމާދު މިއަދު ކޮށްފައި ވަނީ މީދޫ ބޯޅަ ދަނޑުގަ އެވެ. އަދާލަތު ޕާޓީގެ މީދޫ ގޮފިން އިންތިޒާމް ކުރި އީދު ނަމާދުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

މިއަދުގެ އީދު ނަމާދު އިމާމްވެ ކޮށް ދެއްވީ އައްޝައިހް މުހައްމަދު ޠޮއްޔިބް އަބްދުލް ހަކީމް އެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ މޫސުން ގޯސްވެ ވިއްސާރަކޮށް އޮތް ނަމަވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މިއަދުގެ އީދު ނަމާދުގައި ބައިވެރިވެ އެކުވެރި މާހައުލެއްގައި އީދު ސަލާމް ކޮށް ހެނދުނު ސައި ފޮދަށް އިންސާފުކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ އީދު ނަމާދު ނިމުނުތަނާހެން ވާރޭ ވެހެން ފެށި ކަަމަށެވެ.

ނަމަވެސް އީދު ނަމާދުގައި ބައިވެރިވި ގިނަ ބަޔަކު މަޑު ކޮށް ތައްޔާރު ކުރެވިފައިވާ ހެނދުނުގެ ސައި ފޮދަށް އިންސާފުކޮށް ދެއްވި ކަމަށެވެ.

މީދޫގައި އަލަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ފުޅާ ދާއިރާގައި މަޝްވަރާ ކުރެވިފަ އެވެ.

އެގޮތުން އެއް ބަޔަކު ވަނީ މީދޫ ހިއްކި ބިމުން ސަން ސެޓް ރެސްޓޯރެންޓާއި ދިމާލުގައި ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރުމަށް ލަފާ ދީފަ އެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގައި މިއަދު ބާއްވަން ހަމަޖެއްސި ބޮޑު ޖަމާޢަތް ވިއްސާރަ ވުމުގެ ސަބަބުން ވަނީ ކެންސަލްކޮށްފަ އެވެ.