Last Updated: June 8, 18:49
Monday, June 8, 2026
ކުޅިވަރު

މީދޫ ބޯޅަދަނޑު ތަރައްގީ ކުރަން ފަށައިފި

ސ. މީދޫ ބޯޅަދަނޑު. ފޮޓޯ/ ވީއޯއެމް

ސ. މީދޫ ފުޓްބޯޅަ ދަނޑުގައި ދެ ޗޭންޖިން ރޫމާއި ތިން ފާހާނާ އާއި ސްޓޭޖެއް އަދި އޮފީހެއް ހިމެނޭ ގޮތަށް އިމާރާތެއް ކުރުމަށް ބަޔަކާ ހަވާލްކޮށް އެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު މީދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ލިންކް ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރީން މިއި މާރާތް އެއްކޮށް ނިންމާލެވޭނެ އެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން ދަނޑުގެ ފަސްގަނޑު ލެވެލްކޮށް ދަނޑުގައި ޓްރެކް އަޅައި، ލައިޓް ހަރު ކުރަން ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބަޔަކަޔާ ހަވާލްކޮށްފަ އެވެ.