Last Updated: June 8, 18:49
Monday, June 8, 2026
މީހުން

ޝާހިދު އެމެރިކާ އަށް

އައްޑޫ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ހަސަން ޝާހިދު އެމެރިކާގައި އޮންނަ ސްޓަދީ ޓްރިޕަކަށް އިއްޔެ ފުރާވަޑައިގެންފި އެވެ.

ޝާހިދު އެމެރިކާ އަށް ވަޑައިގެންނެވީ އަމިއްލަ ގޮތުން ހޯއްދެވި މަސް ދުވަހުގެ ސްޓަޑީ ޓްރިޕެއް ފުރިހަމަ ކުރެއްވުމަށްޓަކަ އެވެ.

މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ ޝާހިދު ވަޑައިގެންނެވި ކޯހަކީ ދެކުނު އޭޝިއާގެ އެކި ގައުމުތަކުން ބޭފުޅުން ބައިވެރިވަޑައިގަންނަވާ ސްޓަޑީ ޓްރިޕެއްގައި ކަމަށެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި އެ ޓްރިޕްގައި އަލި އަޅުވާލާނީ ހިއުމަން ރައިޓްސް އާއި ލޯކަލް ގަވަރަމަންޓާއި ޑިމޮކްރަސީ އާއި، ކަލްޗްރަލް ރިލޭޝަންޝިޕް ފަދަ ދާއިރާތަކަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.

މި ޓްރިޕްގައި އައްޑޫގެ "ނޭބަހުޑް ވޮޗް" އާ ގުޅޭ ރިޕޯޓެއް ޝާހިދު ބައިވެރިންނާ ހިއްސާ ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޝާހިދު ކޯހުގައި އަމިއްލަ ގޮތުން ވަޑައިގެންނެވީ ޗުއްޓީ ނަންގަވައިގެންނެވެ. މި ދަތުރަށް ކައުންސިލުން އެއްވެސް ހަރަދެއް ނުކުރެ އެވެ.