Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު ސިޔާސީ

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު އޮންނާނެ: މިނިސްޓަރު އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސުލްހަވެރިކަމާއި އެކު ހިންގާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް ފުރުސަތު އޮންނަންވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފަހިވާނީވެސް އޭރުންކަމަށް އެ ޓްވީޓްގައި ބުނެފައިވެއެވެ.

އަދި ވިދާޅުވީ އެމަގަށް ފަހިވާނެހެން މި ސަރުކާރުން ފުރުސަތުވެސް ދޭނެކަމަށެވެ.

މިނިސްޓަރު އިމްރާން މިފަދައިން ޓްވީޓްކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންތަކާއި ހިލާފަށް މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން އިއްޔެވެސް މާލޭގައި އިދިކޮޅުން ކުރި މުޒާހަރާ ގައި ފުލުހުން 30 މީހުން ހައްޔަރުކުރިއިރު އޭގެތެރެއިން 27 މީހުން ވަނީ ޖުރިމަނާ ކޮށްފައެވެ.