Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

މަސްބާނަން އުޅުނު ދޯންޏެއްގައި ރޯވެއްޖެ

ފޮޓޯ: މަސްވެރިން.އެމްވީ

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ ގދ. މަޑަވެލި ބޮއި ކައިރީގައި މަސް ބާނަން އުޅުނު ދެއްވަދޫ "ކުރިމަގު" ނަމަކަށް ކިޔާ ދޯނީގައެވެ.

އެ ދޯނީގައި ރޯވި އަލިފާންގަނޑު އެސަރަހައްދުގައި ހަރަކާތްތެރިވި ދޯނި ތަކުގެ އެހީގައި ނިއްވާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި މީހަކަށް އަނިޔާއެއްވިކަން ސާފުނުވާއިރު މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ކޮމެންޓެއް އަދި ނުލިބެއެވެ.