Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ނައިބު ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ގަދަ ހުމެއްގެ ސަބަބުން ނައިބު ރައީސް ފައިސަލް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރިކަން ސަރުކާރުން ހާމަކުރީ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނައިބު ރައީސް ފައިސަލް ގެއަށް ދޫކޮށްލާފައިވާކަމަށެވެ. އަދި ހާލުކޮޅު ރަނގަޅުކަމަށްވެސް މައުލޫމާތު ދެއްވާފައިވެއެވެ.