Last Updated: April 23, 16:44
Tuesday, April 23, 2024
ޚަބަރު

މުޒާހަރާގައި ފުލުހުން އަނިޔާކުރިކަމަށްބުނެ ހަގީގަތާ ހިލާފު ފޮޓޮއެއް ދައުރުކޮށްފި!

އިއްޔެ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ ހަގީގަތާ ހިލާފު ފޮޓޯއެއް ދައުރުކުރާކަން ހާމަވެއްޖެއެވެ.

އިއްޔެގެ މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށްބުނެ މީހެއްގެ މޫނުމައްޗަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާ ފޮޓޮއެއް ސޯޝަލް މީޑީއާގައި ދައުރުކޮށްފައިވެއެވެ.

އެހެންނަމަވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ފޯޓޯއަކީ ބޭރުގެ އެހެން މީޑީއާއަކުން ރިޕޯޓްކުރި ހަބަރެއްގައި ހަމަނާފައިވާ ފޮޓޮއެއްކަމާއި އެ ފޮޓޮއަކީ ރާއްޖެއާއި ގުޅުމެއް ނެތް ފޮޓޮއެއްކަން ހާމަކޮށްފައެވެ.

އަދި ސީޕީ ހަމީދު ވަނީ ދޮގު މައުލޫމާތު ނުފެތުރުމަށްވެސް ގޮވާލާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންތަކާއި ހިލާފަށް އިދިކޮޅުން މާލޭގައި މުޒާހަރާތައް އަންނަނީ ބާއްވަމުންނެވެ. އަދި އިއްޔެގެ މުޒާހަރާގައި ވެސް 30 މީހުން ހައްޔަރުކުރިއިރު، ފުލުހުން ބުނެފައިވަނީ އެ އެންމެން ދޫކޮށް އޭގެތެރެއިން 27 މީހުން ޖުރިމަނާ ކޮށްފައިވާކަމަށެވެ.