Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ޑްރަގް އެޖެންސީ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެ މައްސަލަ ބަލަނީ

ފޮޓޯ:މިހާރު

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބަލުމުގެ ދަށުގައި ހުރި މީހަކު މިއަދު ނިޔާވެފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އެންޑީއޭއިން ބުނެފައިވަނީ އެ އިދާރާގެ ބެލުމުގެ ދަށުން ހދ. ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ ޕޭޝެންޓެއް މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައިވާކަމަށެވެ.

އަދި މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. 

މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް އެންޑީއޭއިން ހާމަކޮށްފައެއް ނުވެއެވެ.