Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ފާރުމަތިން އެރުވީ ބޭރުގައި ތާށިވި މުވައްޒަފެއް: ފުލުހުން

އިންޑިއާ ހައިކޮމިޝަންގެ ފާރުމަތިން އެތަނަށް ވަނުމަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނީ ބޭރުގައި ތާށިވެފައިހުރި އެތަނުގެ މުވައްޒަފަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އިންޑިއާ ހައިކޮމިޝަން ފާރުމަތިން މީހަކު އެރުވުމަށް އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ވަނީ އެހީތެރިވެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފާރުމަތިން އެރުމަށް ފުލުހުން އެހީތެރިވެފައިވަނީ އެތަނުގެ މުވައްޒަފަކަށެވެ. އަދި އޭނާ އެގޮތަށް ވަނުމަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދޭން ޖެހުނީ ތަން ބަންދުވިއިރު އޭނާއަށް އެތެރެއަށް ނުވަދެވި އަދި އެތެރެއަށް ވާނާނޭ އިތުރު ގޮތެއް ނެތި ބޭރުގައި ތާށިވުމުންނެވެ.