Last Updated: April 25, 08:46
Thursday, April 25, 2024
ޚަބަރު

ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން މާޗް މަހު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

މާޗު މަހު މާލޭ ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަން އެ ކައުންސިލުން ހާމަކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، ކޮވިޑް19 ގެ ސަބަބުން މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފެބްރުއަރީ މަހު ބޭއްވުމަށް ގާނޫނުން ލާޒިމްކުރާ ބައްދަލުވުން ބޭއްވިފައި ނުވާކަމަށެވެ.

އެހެންކަމުން މާޗު އަށެއް ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގައި ރައްޔިތުންނާ ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށާއި، ބައްދަލުވުން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް މައުލޫމާތު ދީފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށާއި، ބައްދަލުވުން ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެ ކަމަށެވެ.