Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މައްސަލަ ނުބެލޭނެ ކަމަށްބުނެ މަލީހް ވަނީ މަޖިލީހަށް ފުރައްސާރަކޮށްފައި: މީކާއިލް

މެމްބަރު މީކާއިލް ނަސީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ނުބެލޭނެ ކަމަށްބުނެ އަދި މެމްބަރުން ގޮވައިގެން ކޯޓަށް ދާނެ ކަމަށްބުނެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލީހަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޤާނޫނުގައި ބުނެފައިވަނީ އެ އޮތޯރިޓީއާއި ގުޅޭ ކަންކަމުގައި މަޖިލީހަށް ޖަވާބު ދާރީ ވާނީ މިނިސްޓަރު ކަމަށެވެ. ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވައިދެއް ހަދާފައިނުވާކަމަށާއި، އަދި އެކަމަށް ޖަވާބުދާރީ ވާންޖެހޭނީ މިނިސްޓަރު ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ އާއި އެކު ޑިސެމްބަރު މަހު މީގެ ތެރެއިން ބައެއް ގަވައިދުތައް ހަދާ އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. އަދި ގަވައިދުތައް ނުހެދި ލަސްވާވުމާއި ގުޅޭގޮތުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ބައެއް ސިޔާސީ މުވައްޒަފުން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ފޮނުވާފައިވާ ކަމަސްވެސް މީކާއިލް ވިދާޅުވިއެވެ. އެދެނީ މިނިސްޓަރު މަލީހް މަގާމުން ވަކިކޮށްދިނުމަށް.

މީކާއިލް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައާއެކު މަޖިލީހަށް މިކަންކަން ނުބެލޭނެ ކަމަށް މިނިސްޓަރު މަލީހް ވިދާޅުވި ކަމަށާއި، އަދި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި މެމްބަރު ގޮވައިގެން ކޯޓަށް ދާނެ ކަމަށް ބުނިކަމަށެވެ. އަދި އެ ކަމަކީ ރައްޔިތުންގެ މަޖިލީހަށް ކުރާ ފުރައްސާރައެއް ކަމަށްވެސް މީކާއިލް ވިދާޅިވިއެވެ.