Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

މިނިސްޓަރު މަލީހުގެ ކާރުކޮޅުގައި އިދިކޮޅު ފަރާތްތައް އުފުލާކަމަށް ތުހުމަތު ކޮށްފި

މެމްބަރު ހުސައިން ޝަހީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ސަރުކާރުން ހަމަޖައްސާދީފައިވާ ކާރުކޮޅުގައި އިދިކޮޅު ފަރާތްތައް އުފުލާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ތުހުމަތު ކުރައްވައިފިއެވެ.

މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ހުސައިން ޝަހީމް ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ސޮއިކޮށް މިނިސްޓަރު މަލީހާއި މެދު ހުރި ކަންބޮޑުވުންތައް ފާޅުކޮށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

އަދި މިނިސްޓަރު މަލީހްގެ ކާރުކޮޅުގައި އިދިކޮޅު ފަރާތްތައް އުފުލާކަމަށް ހުސައިން ޝަހީމް ތުހުމަތުކުރެއްވިއެވެ.

"ހަމައެއާއިއެކު ދައުލަތުން ފޯރުކޮށްދީފައިވާ ކާރުކޮޅުގައި ސަރުކާރާ އިދިކޮޅު ސަރުކާރަށް ޖެއްސުންކުރާ އުނދަގޫވާ ގޮތަށް މަސައްކަތްކުރާ މީހުން ކާރުކޮޅުގައި އުފުލުން އާންމުކަމަކަށް ހަދާފައިވަނީ." މެމްބަރު ހުސައިން ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު މަލީހް މަޖިލީހުގައި ޖަވާބު ދެއްވަމުން ދެއްކެވި ބައެއް ވާހަކަތަކަށް ރައްދު ދެއްވާ ހުސައިން ޝަހީމް ވިދާޅުވީ، މަޖިލީހަކީ ހަކުރާގެ ފެންޑާ ނޫންކަމަށާއި، މަޖިލީހުން މިނިސްޓަރު މަލީހްގެ އިތުބާރު ނެތްކަމަށް ބަހުސް ކުރި ނަމަވެސް އަރުވަންޖެހޭ އިޚްތިރާމް އަރުވާނެކަމަށެވެ.