ޤައުމަށް އޮތް ހައްލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދިނުންކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ނެތުމުން އެކަމުން ދޭހަވަނީ ކޯލިޝަންގެވެސް އިތުބާރު މިނިސްޓަރު މަލީހުގެ މައްޗަށް ނެތްކަންކަމަށެވެ.
މިއަދު އިތުބާރު އޮތީ ކޮން ވުޒާރާއަކަށްތޯ ސުވާލު އުފެދޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ރައްޔިތުން މަތިކުރީ އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް ނޫންކަމަށެވެ. ވެރިކަމަށް ހޮވީ ރައީސް ސޯލިހް ކަމަށާއި، އެހެންނަމަވެސް މައިމޫނާއަށް ހުރިހާ ޒިންމާއެއް ހަވާލުކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
ސައިދު ވިދާޅުވީ މުޅި ދައުލަތް ފެއިލްވެގެން ދާއިރު ކޮވިޑަށް ތިން ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.
"މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޒީފާއިން އިސްތިއުފާ ދެއްވުމޭ މިގައުމަށް އޮތް ހައްލަކީ." މެމްބަރު ސައީދު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ކަންކަމާއި ގުޅިގެން 10 ގަރާރަކަށް މަޖިލީހުގައި ބަހުސްކުރިކަން ފާހަގަކޮށް ސައީދު ވަދާޅުވީ ފިޝަރީޒް މިނިސްޓަރާއި މެދު ތަފާތު ގޮތަކަށް އަމަލުކުރަނީ އެމްއާރްއެމްގެ މިނިސްޓަރެއް ކަމަށް ވުމުންކަމަށް ޤަބޫލުކުރާކަމަށެވެ.