Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އެމެރިކާގެ ސަމަރ ސޭލް އާއި އެކު އީ-ޓުކުރިން ހާއްސަ ޑިސްކައުންޓެއް

އެމެރިކާގެ ސަމާ ސޭލް އާއި އެކު މޯލްޑިވްސް ޕޯސްޓުގެ އީ- ކޮމާސް ޕްލެޓުފޯމު އީ-ޓުކުރިން ގެންނަ ޝިޕްމަންޓުތަކަށް ހާއްސަ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ 1 މާރޗް 2021 ހުން 31 މަރޗް 2021 ގެ ނިޔަލައް އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް ގެންނަ ކޮންމެ ޝިޕްމަންޓެއްގެ އަގު %15 ކުޑަކޮށްދިނުމަށް ނިންމާފަިއވާ ކަމަށެެވެ.

ސަމާރ ސޭލަކީ، ގިނަ ނަން މަޝްހޫރު ބްރޭންޑް ތަކުން ބޮޑެތި ޑިސްކައުންޓް ތަކާއި އެކު ސޭލް އަޅުވާ މޫސުމެކެވެ. މިގޮތުން ބައެއް އޮންލައިން ސައިޓު ތަކަށް ބާރު ބޮޑު ވާކަންވެސް ފާހަނގަވެއެވެ. ނަން މަޝްހޫރު ބްރޭންޑް ތަކުގެ ތެރޭގައި ދިވެހިންގެ ތެރޭގައި މަޝްހޫރު އެޑިޑާސް، ޕޫމާ، ނައިކް ފަދަ ބްރޭންޑްތަކުގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑެތި އީކޮމާސް ޕްލެޓް ފޯމް ތަކުގައިވެސް ވަރަށް ބޮޑެތި ޑިސްކައުންޓްތައް އަޅުވައެވެ.

އެމޭޒަން، އީބޭ، ބެސްޓްބައި، ހޯމް ޑީޕޯ، އަދި ވޯލްމާޓް ފަދަ އޮންލައިން ޕްލެޓް ފޯމަތުގައި މިހާރު ވަނީ ތަކެތި ވަރަށް އަގުހެޔޮވެފައެވެ.
ދިވެހިންގެ ތެރޭގައިވެސް އެމެރިކާގެ އޮންލައިން ފިހާރަތަކުން ތަފާތު ވައްތަރުގެ މުދާ ގެންނަ މީހުން ވަރަށް ގިނައެވެ. ކުރިޔަށް ރޯދަމަސް އޮތުމާއެކުވެސް ގޭތެރެއަށް ބޭނުންވާ ސާމާނާ، ތަފާތު ވައްތަރުގެ އަންނައުނު އަދި މޯބައިލް އެސްސަރީޒް ގަނެލަން މީރަނުގެ ފުރުސަތެކެވެ. ނަމަވެސް، ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، ގިނަ ޤައުމުތަކުން ޑައިރެކްޓް ޝިޕިންގް ރާއްޖެއަށް ނުކޮށްދިނުމާއި އެކު، ވިޔަފާރި ކުރުމަށް ދިވެހިންނަށް ލިބޭ ފުރުޞަތުތައް މަދުވުމަކީ ގިނަ ބަޔަކަށް ލިބޭ މާޔޫސް ކަމެކެވެ.

މިކަމަށް ހައްލެއްގެ ގޮތުން، މޯލްޑިވްސް ޕޯސްޓު މެދުވެރިކޮށް ގިނަ ޢަދަދެއްގެ މި ފަދަ އޮންލައިން ވިޔަފާރިތަކުން ވިޔަފާރިކޮށް މުދާ ރާއްޖެއާއި ހަމައަށް 'އީ-ޓުކުރި' މެދުވެރިކޮށް އަންނަނީ ގެނެސްދެމުންނެވެ.

އީ-ޓުކުރިގެ އިންޓަރނޭޝަނަލް ޚިދުމަތަކީ، ފަސޭހަކަމާއި އެކު އެމެރިކާގެ އޮންލައިން ފިހާރަތަކުން މުދާ ގަނެ ރާއްޖެއާއި ހަމައަށް އަގުހެޔޮކޮށް ގެނެސްދޭ ޚިދުމަތެކެވެ. މި ޚިދުމަތް ލިބޭ ފަރާތުން މާބައިވަރު މަސައްކަތްތަކެއް ނުކޮށް ޚިދުމަތަށް ރެޖިސްޓަރކޮށްލެވޭނެއެވެ. ރެޖިސްޓަރ ކުރެއްވުމަށް އެ ބޭފުޅެއްގެ އީމެއިލް ނުވަތަ ފޭސްބުކް އެކައުންޓްވެސް ބޭނުން ކުރެއްވޭނެއެވެ. އަދި މިހާރު އީ-ޓުކުރިން ހިންގާ " ޝޮޕް އެންޑަ ސޭވް ޕޮރޮމޯޝަން" ގެ މިކޯޑް "“SNS2021” އީ-ކުރިން ޝިޕްމަންޓަށް ފައިސާ ދައްކަވާ އިރު ބޭނުން ކުރެއްކުމުން މުޅި ޝިޕްމަންޓުން %15 ގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ.

ވިޔަފާރި ކުރެއްވުމަށް އީ-ޓުކުރިގެ ފަރާތުން ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަށް ގައިޑްތަކެއްވެސް ވަނީ ހަދާފައެވެ. އަދި މީގެއިން، ދުނިޔޭގެ އަގުބޮޑު ހުރިހާ ބްރޭންޑްތަކެއްހެން ފެންނަން ހުންނާނެއެވެ. އަދި މި ގައިޑްގައި އީ-ޓުކުރިއިން އެންމެ ލަފާދޭ ބްރޭންޑްތަކުގެ ވެބްސައިޓްވެސް ފެންނަން ހުންނާނެއެވެ.

އީ-ޓުކުރި އިންޓަނޭޝަނަލް ގައި ރަޖިސްޓްރީވުމުން އެމެރިކާގެ އެޑްރެސްއެއް ލިބޭނެއެވެ. މިއެޑްރެހަށް ކަސްޓަމަރު އޮންލައިންކޮށް ގަންނަމުދާ ފޮނުވަންވީ އެވެ. އަދި އެ އެޑްރެސްއަށް އައުމާއި އެކު، އެ ތަކެތީގެ ބަރުދަން ބެލުމަށްފަހު އީޓުކުރީގެ ޕްލެޓްފޯގައި ދައްކަންޖެހޭ ފައިސާ ދެއްކުމުން، މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެ އެއްޗެއް ރާއްޖެއަށް ގެނެސްދެއެވެ. މިފައިސާ ދިވެހި ރުފިޔާއިންވެސް ދެއްކި ދާނެއެވެ. މިގޮތަށް މި ކަން ކުރުމުން، ރާއްޖެއަށް ޝިޕް ނުކޮށްދޭ މުދާވެސް ފަސޭހަ ކަމާއި އެކު، ރާއްޖެއަށް ގެނެވޭނެ މަގު ތަނަވަސްވެއެވެ. އީ-ޓުކުރީގެ ތަފާތު އެއް ކަމަކީ، މަހުފީ ދައްކަންޖެހުމުގެ ބަދަލުގައި ކޮންމެ ޝިޕިން އަކަށް ފައިސާދައްކާ ލުމަށްފަހު ހަފްތާއެއްހާ ދުވަސްތެރޭ މުދާގެނެވުމެވެ.

އަދި އޯޑަރު ކުރާ ތަކެތި އިތުބާރާއި ޔަޤީން ކަމާއި އެކު ގެނެވުމަކީވެސް އީ-ޓުކުރި ގިނަ ބަޔަކު ބޭނުން ކުރާ އެންމެ ބޮޑު އެއް ސަބަބެވެ. އީ-ޓުކުރި އިންޓަނޭޝަނަލްގެ އިތުރު މައުލޫމާތު ބޭނުން ނަމަ އެބޭފުޅުންގެ ހޮޓްލައިން 737-9411 އާއި ގުޅުމުން ލިބިވަޑައި ގަންނަވާނެއެވެ.
އެމެރިކާގެ ގިނަ އޮންލައިން ފިހާރަތަކުން އޮރެޖިނަލް، ބްރޭންޑަޑް މުދާގަނެލަން މިއީ ހަމަ ޤައިމުވެސް ގިނަ ދިވެހިންނަށް ލިބޭނެ ފުރުސަތެވެ. މިއާއި އެކު، ގިނަ ބަޔަކަށް މުދާ ފަސޭހަ ކަމާއި އެކު ގެނެވޭނެ ގޮތް މޯލްޑިވްސް ޕޯސްޓްއިން މިވަނީ ހަމަޖައްސައިދީފައެވެ.