Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

މޫސަގެ ރައްދު މަލީހަށް: "މަޖިލީހަކީ ރައްޔިތުންގެ ގެ!"

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ – ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހަކީ "ހަކުރާގޭ ފެންޑާ" ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ސިފަކުރެއްވުމުން މަޖިލީގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް އެވާހަކައަށް ރައްދުދެއްވައިފިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ޖަވާބުދާރީ ވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ހަކުރާގޭ ފެންޑާގައި އެލުވިކަމުގައި ވިޔަސް މާއްދާ 27 ގެ ބޭނުން ކުރާނެކަމަށެވެ. އަދި މަލީހުގެ ވާހަކައިގައި ތަކުރާރުކޮށް ވަނީ މަޖިލީހަކީ ހަކުރާގޭ ފެންޑާގެ ގޮތުގައި ސިފަކުރައްވާފައެވެ.

މަލީހުގެ ވާހަކަތަކަށް ރައްދު ދެއްވާ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖްލީހުން ރުުހުންދޭ ދުވަހު މަޖްލީހުގެ މާތްކަމާ މަތިވެރިކަމަށް ސަނާ ކިޔާކަމަށެވެ. އެހެންނަމަވެސް ޖަވާބުދާރީވާންޖެހޭ ދުވަހު ހަކުރާގޭ ފެންޑާގެ ނަން ދޭއިރު މިޤައުމުގައޮތް އަނިޔާއާއި އަޅުވެތިކަން ބަދަލުކޮށްލީ ރައްޔަތުންގެ މަޖްލީހުން ކަމަށް މުސަ ވިދާޅުވިއެވެ. އަދި އެތަނަކީ ރައްޔަތުންގެ ގެ ކަމަށްވެސް ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި މަލީހާއި އެއްކޮޅަށް ވާހަކަ ދައްކަވާފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެކަންޏެވެ.