Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އިތުބާރު ނެތުމުން މަލީހު މަގާމުން ވަކިކޮށްފި

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވަޒީރަކާއި ދެކޮޅަށް އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓުނަގާ މަގާމުން ދުރުކުރި ފުރަތަމަ ފަހަރެވެ.

މަލީހްގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އަދި މަލީހުގެ އިތުބާރު އޮތްކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 14 މެމްބަރުންގެ ސޮޔާއި އެކުއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބު ދެއްވަމުން މަލީހް ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ދައުލަތެއްގެ ވަޒީރެއްގެ ނަން ކިލަންބުކުރުމަށް ކުރިއަށްގެންދާ ޒާތީ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ ހަދާފައިނުވާ ކަމަށް ބުނާ ގަވައިދުތައް މިހާރު ހެދުމަށްފަހު އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ.