މަސްވެރިއަކަށް ފިޓް ޖެހިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ޅ. އަތޮޅުގެ މެދުތެރެއިން 14 މީހުންނާއި އެކު މަސްވެރިކަން ކުރަމުން ދިޔަ "ހަޒާނާ" ދޯނީގައި ހުރި ފަޅުވެރިއަކު ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
މަސްވެރިއާއަށް ފިޓް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 09:03 ހާއިރު ކަމަށާއި، ފިޓް ޖެހިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އަދި އެމީހާ ނައިފަރަށް ގެންދިއުމަށް ކޯސްޓްގާޑު ލޯންޗްގައި ދަތުރުކުރަމުން ދާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.