Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

އުފުލާފައިވާ ދައުވާއަށް އަދުރޭ އިންކާރުކޮށްފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.

އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، މިއަދު ކުރިއަށް ގެންގޮސްފައިވަނީ ދައުވާއަށް ޖަވާބު ދާރީވުމެވެ.

މިއަދުގެ އަޑުއެހުމުގައި އަބްދުއްރަހީމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ޤާނޫނުގައި ބުނާ އެއްޗަކާ ކޮށްފައިވާ ދައުވާއާ ދިމާނުވާކަމަށް އަބްދުއްރަހީމްގެ ވަކީލް ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެފަރާތުންވެސް ހެކި ހުށަހެޅުމެވެ.

ކުރިން ބޭއްވި އަޑުއެހުމުން ދައުލަތުން އަބްދުއްރަހީމާއި ދެކޮޅަށް އުފުލާ ދައުވާ އިއްވާފައިވާއިރު، ދައުލަތުން ބުނެފައިވަނީ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ދުވަހު އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީ ކަމަށެވެ. އެހެންކަމުން އަބްދުއްރަހީމްގެ މައްޗަށް ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާކުރާ ކަމަށެވެ.